މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފަ އެވެ.މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވަނީ ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފަ އެވެ.އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން ހެނދުނު 10:30 އަށެވެ. މި ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ވިއްސާރައިގެ އިތުރުން އާދަޔާ ހިލާފަށް ވައި ގަދަވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކަށް މޫސުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފަ އެވެ. އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި ނުކުރުމާއި، ކަނޑުދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ