ރައްޔިތުން އިންތިހާބު ކުރި ވެރިއެއްގެ އިތުބާރު ދޮޅުމަސް ދުވަހުން ގެއްލެންވީ ކީއްވެތޯ: ސަޢީދު

ރައްޔިތުން އިންތިހާބު ކުރި ވެރިއެއްގެ އިތުބާރު ދޮޅުމަސް ދުވަހުން ގެއްލެންވީ ކީއްވެތޯ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ސުވާލު އުފައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓް ޢަލީ މޫސާގެ ކެމްޕެއިން ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ހޯރަފުށީގައި ދެއްކެވި ވާހަކަފުޅުުގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، މިގޮތަށް އިތުބާރުގެއްލޭ ކަންކަން ކުރައްވަމުން ގެންދަވަނީ މިހާރުވެސް ސުޕާމެޖޯރިޓީ އޮތް އެމްޑީޕީއިން ކަމުގައެވެ.
އަދި މި ދިވެހިރާއްޖެ މިހާރު އޮތް ގޯސް ހާލަތައް ގެނައުމުގެ ފަހަތުގައިވެސް އޮތީ މިއަދުގެ އެމްޑީޕީ ސުޕާމެޖޯރިޓީކަމަށް ސައީދު ވިދާޅުވިއެވެ.
Advertisement
އެބޭފުޅުން ނޫންތޯ ދެއްކެވީ، މެއިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދުގެ ގައިގައި ބޮމެއް ގޮއްވާލި ވާހަކަވެސް. އެއަށްފަހު ތިބޭފުޅުންނަށް ފެނިގެންދާނެ ކަންކަން ވެގެންދިޔަ ގޮތް. އެމްޑީޕީ ދެބަޔަށް ބެހި، އެމްޑިޕީގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމުގައި، ފަސް އަހަރެއް ގާތްގަނޑަކަށް ހޭދަވެގެން އެދިޔައީ 
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ގައުމު އެހާލަތަށް ވައްޓާލި އެމްޑީޕީން މިއަދު ބުނަމުންގެންދަނީ މިސްރާބު ހަމަމަގަށް އެޅުވުމަށް އެޕާޓީއަށް ފުރުސަތެއް ދެއްވުމަށް ކަމަށެވެ. 
ރޭގަ މީހަކު ބުނިމިކަމުގަ ވަރަށް ރަނގަޅު މިސާލެއް. ނުބައި ބައްޔެއް ޖެހުނީމައި، އެބަލި ރަނގަޅުކުރަން އެބަލި ޖެއްސި ވައިރަސް ތިމަންނައަށް ފުރުސަތު ދޭށޭ ބުުނުންކަހަލަ ކަމެއް ނޫންތޯ. 
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ދެއްވި އިތުބާރާއި މެންޑޭޓު ފުރިހަމަ ބާރުމިނުގައި ކުރިއަށް ގެންދިއުމަށްޓަކައި އެމަނިކުފާނަށް މަޖިލީސް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މުޅި ރާއްޖެވެސް ސަރުކާރުގެ ކެންޑިޑޭޓުން ގެނައުމަށާއި ރައްޔިތުންގެ އުއްމީދުތައް މާޔޫސްކޮށް ނުލައްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ސަޢީދު ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ