އެސްޑީއެފް ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.އެ ބިލަށް ހިޔާލެއް ނުވަތަ އިސްލާހެއް ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 9, ގެ 14:00 ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ. ހިޔާލު ހުށަހަޅަން ޖެހެނީ މާލިއްޔަތު ކޮމިޓީގެ އީމެއިލަށް ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުންނެވެ.އެސްޑީއެފް ބިލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި އެ ފަންޑު ބަލަހައްޓަން ގަވަނިން ކޮމިޓީއެއް އެކުލަވާލުމާއި އެ ފަންޑަށް ޖަމާކުރާނެ ފައިސާ އާއި އެ ފަންޑު ބޭނުންކުރެވޭނެ ހާލަތްތަކުގެ އިތުރުން އެ ފަންޑަށް ޖަމާކުރާ ފައިސާ އިންވެސްޓުކުރުމުގައި އަމަލުކުރާނެ ގޮތްތައް ހިމެނެ އެވެ.މާލިއްޔަތު ގާނޫނުގެ ދަށުން އުފައްދާފައިވާ އެސްޑީއެފް އަކީ ދައުލަތުގެ ދަރަނި ދެއްކުން ފަސޭހަ ކުރުމަށްޓަކައި ހަދާފައިވާ ފަންޑެކެވެ. މި ފަންޑަށް ޖަމާކުރަނީ އެއާޕޯޓް ޑިވެލޮޕްމަންޓު ފީ އާއި ކްރޮސް ސަބްސިޑީގެ ގޮތުގައި މަޝްރޫއުތަކުގެ ލިބޭ ފައިސާ އެވެ.ބިލްގައިވާ ގޮތުން މި ފަންޑު ބަލަހައްޓަން ގަވާނިން ކޮމިޓީއެއް އެކުލާވާލާނެ އެވެ. މީގެއިތުރުން މި ފަންޑުގެ ފައިސާ ބޭނުންކުރާނެ ގޮތާއި ފަންޑުގެ ފައިސާ އިންވެސްޓް ކުރާނަމަ އަމަލުކުރާނެ ގޮތްތަކެއްވެސް މިބިލްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ