ގިނަ އަދަދެއްގެ ރާފުޅިތަކާއެކު 2 މީހަކު ހައްޔަރުކޮށްފި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މީހާގެ ބަންދަށް 7 ދުވަސްޖަހައިފި ލ. ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަ

މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.
ބިދޭސީ އަންހެނުންތަކެއް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޢުމުރުން 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑްގެ 30 އަހަރުގެ ދެ އަންހެނުންނާއި އެޤައުމަށް ނިސްބަތްވާ 28 އަހަރުގެ އަންހެނެކެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއިން އެ އިދާރާއަށް ދިނުމާއެކު ރޭ އިމިގްރޭޝަން ޓާސްކް ފޯސް އިންވެސް ވަނީ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގައި،ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ހަށިވިއްކާ ތަންތަން ހޯދައި، އެފަދަ މައްސަލަތަކަގުޅޭ މީހުން ހައްޔަރު ކުރާ މިންވަރު މި ފަހުން ވަނީ އިތުރުވެފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިންވަނީ އައްޑޫ ސިޓީއިން ހަށިވިއްކާ ތަންތަން ބަލައި އެކަމުގައި ހަރަކާތްތެރިވާ 10 މީހަކު ފުލުހުން ގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، ސަލޫންތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެފަދަ 111 ތަނެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެ ތަންތަނާއި ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ