ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން: މައުމޫން

އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ''އެކްސް''ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
މައުމޫން ވިދާޅުވީ، އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށްވިދާޅުވެ، ޢާންމުގެ ތާއީދު ހޯދުމުގެ ނިޔަތުގައި އެވާހަކަ ދެއްކުމަކީ ތަޢުލީމީހަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވެސް މައުމޫން ވިދާޅުވެފަވެއެވެ.
''އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން. އަދި ޢާންމުންގެ ތާއީދު ހޯދުމަށްތިޔަ ވާހަކަ ދެއްކުމަކީ ތަޢުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން.'' މައުމޫން ވިދާޅުވެފަވެއެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމާއި ދެކޮޅުކަން ހާމަކުރައްވާފައިވާ، ކުރީގެ ރައީސް މައުމޫން މިހެންވިދާޅުވެ އެ ވާހަކަ ނިސްބަތްކުރެއްވި ވަކި ބޭފުޅެއް ވިދާޅުވެފައެއް ނުވެއެވެ.
ނަމަވެސް، ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ކަސްޓަމްސް އާއި އިމިގްރޭޝަންގެ ވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 20 ޑިސެމްބަރު 2023 ގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ މި ސަަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ހަމަ ނިންމާފައި އޮތް ސަރުކާރެއް،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކަމަށެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ސަރުކާރުގައި ވެސް ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ތައްޔާރީތަކަށް މަސައްކަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ