މާލޭގައި ބިދޭސީން ދިރިއުޅޭ 500 އަށް ވުރެ ގިނަ ތަންތަނުގެ މައުލާމާތު އެއްކޮށްފި

މާލޭގައި ބިދޭސީން ދިރިއުޅޭ 500 އަށް ވުރެ ގިނަ ތަންތަނުގެ މައުލޫމާތު އެއްކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މާލޭ ސިޓިގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މާލޭގައި ބިދޭސީން ދިރިއުޅޭ 536 ތަނެއް އަދި ވިލިމާލޭގެ 51 ތަނެއްގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. ބިދޭސީންނާ ބެހޭ މައުލޫމާތު އެއްކުރަން މާލޭ ސިޓީ ކައުންސިލުން ފެށީ މިދިޔަ މަހުއެވެ. އެގޮތުން ބިދޭސީން ދިރިއުޅޭ ތަންތަނަށްގޮސް އެތަންތަނުގެ ހާލަތު ބަލައި އެމީހުން ކައްކާހަދާ ތަންތަން ވަނީ ބަލައިފައެވެ. އަދި މިއީ ކޮވިޑް ފެތުރި ލޮކްޑައުންގެ ހާލަތަކަށް ދިއުމުގެ ކުރިން ކަރަންޓީނުކުރާނެ މީހުން ދެނެގަތުމަށް ކުރަމުންދާ މަސައްކަތެއްކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ. ކުދިކުދި ތަންކޮޅުތަކުގައި ތޮއްޖެހި ދިރިއުޅެމުންދާ ބިދޭސީން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސްސީ އޮޕަރޭޝަން ސެންޓަރުން މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ގިނަ ބަޔަކު އެއްކޮޓަރީގައި ވަރަށް ސާފުތާހިރުކަން ދަށް ހާލަތުގައި އުޅޭކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދިއުމަށް އެހީތެރިވާން ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރުގައި މިހާރު ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ