މިއަހަރުގެ އަޟްޙާ ޢީދު ދުވަހުގެ ހަވީރުވެސް މާލޭގައި ފައިމަގުގައިއުޅޭ ގޮތަށް މާލޭ ސިޓީކައުންސިލުން ހަމަޖައްސައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އަޟްހާ ޢީދު ދުވަހުގެ ހަވީރު 16:00އިން 18:00އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހައި މަގުތަކުގައި، ދުއްވާ އެއްޗެހި ދުއްވުން މަނާކަމަށެވެ.
އަދި މި ވަގުތުތަކުގައި އިންޖީނުލީ އަދި ބެޓެރި ވެހިކަލް ދުއްވުމަކީވެސް މަނާ ކަމެއް ކަމަށާއި، އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެއިދާރާއިން ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އެވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާ ނަމަވެސް، އިމަޖެންސީ ހާލަތްތަކުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކާ، އެ ކައުންސިލްގެ ޢާއްމު ޚިދުމަތާއި ބެހޭ ބައި (ތައިސޭކޮށިން) ދޫ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް މާލެއާއި، ހުޅުމާލޭގެ އިތުރުން އެކި ރަށްރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން އަޟްޙާ ޢީދުގައިވެސް މުޅި ރާއްޖެ ދިއްލާލުމަށްޓަކައި މާބަގީޗާތަކާއި ލައިޓްތައް ވަނީ ހަރުކޮށްފައެވެ.
ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި އެކި މުއައްސަސާތަކުގެ އިތުރުން ސަރުކާރުން ހިއްސާވާ ކުންފުނިތައް ގުޅިގެން ޢީދު ދުވަހުގެ ހަވީރު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމަވާފައި ވާ ޢީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގައެވެ.
ޙައްޖުގެ ތެރެއިން ދަސްކުރަންވީ ނަފްސު އިސްލާހުކޮށް އަޅުކަމާއިގެން ކުރިއަށް ދާން- ޚުތުބާ ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް ގެނުވާ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަށް ރައީސް އިލްތިމާސްކުރައްވައިފި ރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ، ދެވަނައެއް ނ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ