އިންޑިއާ ސަފީރު މައުމޫން އާއި ބައްދަލުކުރައްވައިފި

ރާއްޖޭގައި ހުންނަވާ އިންޑިއާ ހައި ކޮމިޝަނަރު ރަޖީވް ޝަހާރޭ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިއާގެ ހައި ކޮމިޝަނަރާއިއެކު ބައްދަލުވުމެއް ބޭއްވިކަމަށް ވިދާޅުވެފައެވެ. އަދި ޝަހާރޭ އެމަނިކުފާނާ ބައްދަލުކުރައްވައި ހިއްސާކުރެއްވި މައުލޫމާތުތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ނަމަވެސް، މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން މަޝްވަރާކުރެއްވީ ކޮން ކޮން ކަންކަމަކާއި ގުޅޭ ގޮތުން ކަމެއް ރައީސް މައުމޫން ވިދާޅެއް ނުވެއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު މައުމޫން ފައުންޑޭޝަންގެ އޮފީހުގައިއެވެ.
އިންޑިއާގެ ސަފީރު، ރައީސް މައުމޫން އާއި ބައްދަލުކުރައްވާފައިމިވަނީ ރާއްޖޭގައި ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައިއެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމަށް ކުރި ހުކުމާ ގުޅިގެން އިންޑިއާ އިން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ