ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމާއި، އެމެރިކާ ސަފީރު، އަތުލް ކޭޝަޕް މިއަދު ބައްދަލު ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކުނޫޒްގައި އޮތް މި ބައްދަލްކުރެއްވުމުގައި އޮނަރަބަލް ގާސިމް އިބްރާހިމާއި، އެމެރިކާ ސަފީރާއި ދެ ބޭފުޅުން ވަނީ ރާއްޖޭގެ ސިޔާސީ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިއީ ރާއްޖޭގެ މިހާރުގެ ޙާލަތު ދެނެވަޑައިގަތުމަށް ސަފީރު ބޭނުންފުޅުވާތީ ބޭއްވެވި ބައްދަލުކުރެއްވުމެއް ކަމަށް ޖުމްހޫރީ ޕާޓީންވެސް ވަނީ ބުނެފައެވެ.
މި ބައްދަލުކުރެއްވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް އާއި މަޖިލީހުގެ ބައެއް މެންބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެ ތެރޭގައި ޖޭޕީގެ ނާއިބް ލީޑަރު ޑރ ހުސައިން ރަޝީދު ހަސަނާއި ޕީޖީ ގުރޫޕްގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒް އަދި ޕީޖީ ގުރޫޕްގެ މެންބަރުންކަމުގައިވާ ކެޔޮދޫ ދާއިރާގެ މެންބަރު އަލްއުސްތާޒް މޫސާ ނިޒާރު އިބްރާހިމާއި، ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޒް އަލީ ހުސައިންގެ އިތުރަށް މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރަށް ހަވީރު ހޮޓެލްޖެންގައި ސަފީރު ބޭއްވެވި ހަފްލާގައިވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އާއި ޕީޖީ ގްރޫޕުގެ ނައިބް ލީޑަރު ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އެމެރިކާގެ ސަފީރު އަތުލް ކޭޝާޕް މިއަދު ވަނީ ޖަލުގެ މަރާމާތުތަކެއް ކުރިއަށް ދާތީ ގޭ ބަންދަށް ބަދަލުކޮށްފައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲއާއި އެ ޕާޓީގެ އިސްވެރިންނާއިވެސް ބައްދަލްކުރައްވާފައެވެ.
މި ބައްދަލުވުން އޮތީ މިއަދު މެންދުރު ކުރީގެ ވަގުތެއްގައި އިމްރާން ދިރިއުޅުއްވާ ގޭގައެވެ.
އެ ބައްދަލުވުމުގައި އިމްރާންގެ އަރިހުގައި ޝިދާތާ ޝަރީފްގެ އިތުރަށް އިމްރާންގެ ވަކީލު އަލީ ޒާހިރާއި އެހެން އިސް އޮފިޝަލެއް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމެރިކާ ސަފީރު މިއަދު ވަނީ އެމްޑީޕީގެ ލީޑަރޝިޕާއި ވެސް ބައްދަލު ކުރައްވައިފައެވެ.
އަދި އޭގެ ކުރިން ރައީސް އަބްދުﷲ ޔާމީން އާ ވެސް ބައްދަލު ކުރެއްވިއެވެ. އަދި މުޒާހަރާކުރަނިކޮށް ހައްޔަރު ކުރި ނޫސްވެރިންނާއި މީޑިއާތަކާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާ ވެސް ސަފީރު ވަނީ ބައްދަލު ކުރައްވައިފައެވެ.
އެމެރިކާ ސަފީރު ގާސިމް އިބްރާހިމާއި ބައްދަލްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ