ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ މިއަދު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.
މިއަދު 11:00 ގައި ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބާއްވާ މި ބައްދަލުކުރެއްވުމަކީ މައުމޫންގެ އެދިވަޑައިގަތުމަކަށް ބާއްވާ ބައްދަލުކުރެއްވުމެކެވެ.
ރައީސް މައުމޫން ގާސިމްއާ ބައްދަލުކުރައްވަނީ ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންދެވުމަށްފަހުއެވެ. މީގެ އިތުރުން ޕީޕީއެމް ތެރޭގައި ޙިޔާލުތަފާތުވުން ބޮޑުވެ ޕާޓީ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.
މި ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ޖުމްހޫރީ ޕާޓީގެ ރައީށް ގާސިމް އިބްރާހީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް އިސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެއެވެ.
(ތަފްސީލް އަންނަނީ)
މައުމޫން ގާސިމާ މިއަދު ބައްދަލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ