ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޝައުގުވެރިވާ ފަރާތްތަކުން ޕާޓީގެ ޓިކެޓަށް ވާދަކުރުމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން އިތުރު ވަގުތު ވަނީ ދީފައެވެ.
ކުރީން ޕީޕީއެމްގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން ޓިކެޓަށް ކުރިމަތިލުމަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިއަދެވެ. ނަމަވެސް މިހާރު ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއާއެކު އެކަކަށް ވުރެ ގިނަ މީހުން ޓިކެޓަށް ވާދަކުރާނަމަ ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅާނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް މައުމޫން ފެކްޝަނުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
މި އިއުލާނުގައި ބުނެފައިވަނީ ޕީޕީއެމްގެ ޓިކެޓް ލިބޭނީ މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްއަށް ސޮއިކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.
މައުމޫން ފެކްޝަނުން މިހެން ނިންމާފައިވާއިރު ރައީސް އަބްދުﷲ ޔާމީން ފެކްޝަނުގެ ފަރާތުން އިންތިހާބު ބާއްވާ ތާރީހު ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވަނީ ބުނެފައެވެ.
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ޕީޕީއެމްގެ ޓިކެޓަށް ކުރިމަތިލުމަށް މައުމޫން ފެކްޝަނުން އިތުރު ވަގުތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ