ރޭ ދަރުބާރުޣޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބޭއްވެވި ޕީޕީއެމް ކައުންސިލް ބައްދަލުވުމަކީ ސައްހަ ބައްދަލުވުމެއް ނޫންކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން އައްޔަންކުރައްވާފައިވާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް ޢާލިމް ވަނީ ވިދާޅުވެފައެވެ.
އެ ބޭފުޅާ އެހެން ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޮނުވި ސިޓީއަކުންނެވެ.
"ކޮންމެވެސް ފަރާތަކުން ދައުވަތު ދެއްވަގެން ކަމަށްބުނެ ރޭ ދަރުބާރުގޭގައި ބޭއްވިކަމަށް ބުނާ ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމަކީ ސައްހަ ބައްދަލުވުމެއް ނޫނެވެ." ސިޓީގައި އެބޭފުޅާ ލިޔެފައިވެއެވެ.
އަދި މި ބައްދަލުވުން ސައްހަނުވަނީ ކައުންސިލް ހިނގާ ގަވައިދުގެ 8 ވަނަ މާއްދާ ބުނާ ގޮތުން ކައުންސިލްގެ ބައްދަލުވުންތަކަށް ދައުވަތު ދެއްވުމުގެ އޮންނާނީ ހަމަ އެކަނި ޕާޓީގެ ރައީސް ކަމަށްވެފައި އަދި ރޭ ބޭއްވި ބައްދަލުވުމަށް ދައުވަތުދެއްވާފައިވަނީ އެހެން ފަރާތަކުން ކަމަށްވާތީ އެއީ ސައްހަނޫން ބައްދަލުވުމެއް ކަމަށް ޢާލިމް ވަނީ ވިދާޅުވެފައެވެ.
އަދި ދަރުބާރުގޭގައި ރައީސް ޔާމީން ގެކްޝަނުން ނިންމި ހުރިހާ ނިންމުންތަށްވެސް ސައްހަ ނުވާނެކަމަށް ޢާލިމް ވަނީ ސިޓީގައި ވިދާޅުވެފައެވެ.
ސިޓީ ނިންމާލުމުން އެބޭފުޅާވަނީ ޕީޕީއެމްގެ މުޝްތަޝާރަކީ ޕާޓީ ހިންގުމުގައިއަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމަށް ދައުރެއް އޮންނާނެ ފަރާތެއް ނޫންކަމަށް ވިދާޅުވެފައެވެ.
ޕާޓީގެ މުޝްްތަޝާރަކަށް ހުންނެވީ ރައީސް ޔާމީނެވެ.
ޕީޕީއެމްގައި ހިޔާލުތަފާތުވުން އުފެދި އެ ޕާޓީވަނީދެ ފެކްޝަނަކަށް ބެހިފައެވެ. އެއީ ރައީސް ޔާމީން ފެކްޝަނާއި އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނެވެ. އިއްޔެ ދެ ފަރާތުންވެސް ވަނީ ކައުނސިލް ބައްދަލުވުމެއް ބާއްވާފައެވެ. އަދި ދެ ފަރާތުންވެސް ވަނީ ސެކްރެޓެރީ ޖެނެރަލްއެއް އައްޔަންކޮށްފައެވެ.
ރައީސް ޔާމީން ބޭއްވެވި ކައުންސިލް ބައްދަލުވުން ސައްހައެއްނޫން: މައުމޫން ފެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ