ފާރިސް އަށް ފިޔަވަޅު އަޅަން ފޮނުވީ އިންސާފުގެ ހަމަތަކާއި އުސޫލުން ބޭރުން: މައުމޫން

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ހިލާފުވިމައްސަލައިގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ފިޔަވަޅު އަޅަން ފޮނުވީ އިންސާފުގެ ހަމަތަކާއި އުސޫލުން ބޭރުންކަމަށް ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ފާރިސް އަށް ފިޔަވަޅު އަޅުމަށް އެދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ފޮނުއްވި ސިޓީގެ ޖަވާބުގަ އެވެ.
މި ސިޓިގައި މައުމޫން ވިދާޅުވެފައިވަނީ މީގެ ކުރިން، ތްރީ ލައިން ވިފް އާ ހިލާފުވެގެން މެމްބަރުންނާ މެދު ފިޔަވަޅު ނާޅުއްވައި ޕާލަމެންޓްރީ ގްރޫޕުގެ ވަކި މެމްބަރަކު ތްރީ ލައިން ވިޕާ ހިލާފުވީމާ ފިޔަވަޅު އަޅުއްވަން ސުލޫކީ ކޮމެޓީ އަށް ފޮނުއްވުމަކީ އިންސާފުގެ ހަމަތަކާއި އުސޫލްތަކާ ހިލާފަށް ކުރައްވާ ކަމެއް ކަމުގައި ދަންނަވާކަމަށެވެ.
''މަނިކުފާނުގެ ސިޓީގައި ވިދާޅުވެފައިވާ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރު އަމަލުކުރައްވާފައިވަނީ ޕާޓިގެ އަސާސީ ގަވާއިދުގެ 10 (މ) އަށް ރިއާޔަތްކޮށް ޕާޓިގެ ރައީސްގެ ހައިސިއްޔަތުން ޕާޓިގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންނަށް މިމައްސަލައިގައި އަމަލުކުރުމަށް އަޅުގަނޑު ދަންނަވާފައި ވާގޮތަށް ކަމަށްވާތީ މިއީ މައްސަލައެއްކަމުގައި އަޅުގަނޑު ނުދެކޭވާހަކަ ދެންނެވީމެވެ.'' މައުމޫންގެ ސިޓީގައިވެ އެވެ.
މިކަމާގުޅިގެން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބުނެފައިވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތުރީލައިން ވިޕާ ޚިލާފަށް ބިލަށް ވޯޓު ދިން ސަބަބު ބަޔާންކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށެވެ. ފާރިސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދު ވެސް ތްރީ ލައިން ވިޕަކާ ހިލާފުވެވަޑައިގަނެފައިވާ ކަމަށް ބުނެ އޭނާގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް އާއްމު މެމްބަރަކު މިއަދު ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ