ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފި އެވެ. 
މި މައްސަލަތައް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާ އަކީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަތަކުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދީބު ވަނީ ހަތް ދައުވާ އަށް އިއުތިރާފް ވެފަ އެވެ. އަދި އަދީބު ވަނީ އޭނާ މައްސަލަތަކަށް އިއުތިރާފްވެ ދޭ އެއްބާރުލުމަށް ބަލާ ވީ އެންމެ ކުޑަ އަދަބެއް ދިނުމަށް ގާޒީގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ހަތް ދައުވާއަށް އަދީބު އިއުތިރާފް ވުމުން މައްސަލަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ. ބެލެވޭ ގޮތުގައި މާދަމާގައި އޮންނާނީ މިމައްސަލަތަކަށް ޙުކުމްކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ