ރައްކާތެރިކަމުގެ ފިޔަވަޅުތައް މާ ބޮޑަށްވެސް އަޅަންޖެހޭ: މައުމޫން

ނުރައްކާތެރި ކޮވިޑް-19 ވައިރަސް ރާއްޖޭގައި އަދިވެސް ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މާބޮޑަށްވެސް ދިވެހިން އަޅަންވެއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހަފްތާއެއްގެ ތެރޭގައި 249 ދިވެހިން ކޮވިޑް-19 އަށް ފައްސިވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަސްލުވެސް އަޅުގަނޑުމެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ،" ކަމަށެވެ.
ދާދިފަހުން ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރްއެމް އިން ވެސް ވަނީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރެފައެވެ. ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް ހަރުދަނާ ކުރަންވީ ވަގުތު ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.
ކޮވިޑް-19 ގެ ސަބަބުން ދިވެހިންގެގެ ދިވެހިރާއްޖެ ވެސް ވަނީ މި ވަބާ ތަހައްމުލް ކުރަން ޖެހިފައި ކަމަށާއި އެކަމުގެ ސަބަބުން ދިވެހިން އާންމުކޮށް އުޅެމުން އައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19 އާއި ގުޅިގެން އިއުލާންކުރި ފުރަބަންދަށް ލުއިތަކެއް ދީފައިވާއިރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ފުރަތަމަ ކޮޅު ދިޔައީ ވަރަށް ބޮޑުތަން މަދުވަމުންނެވެ. އަދި އެއާ ހިލާފަށް ބަލިޖެހި ރަނގަޅުވެފައިވާ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ