2013އިގެ ކުރީގެ ހުރިހާ މައްސަލައެއް ކްރިމިނަލް ކޯޓުން ނިންމައިފި

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓަށް 2013 ވަނަ އަހަރުގެ ކުރިން ހުށައަޅާފައިވާ ހުރިހާ މައްސަލައެއް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ވިދާޅުވީ ގިނަ ދުވަސްވެފައިވާ މައްސަލަތައް މަދުކުރުމަށް ކުރެވުނު މަސައްކަތުން، 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލަތައް މިހާރުވަނީ ނިންމާފައިވާ ކަމަށެވެ.
ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަސްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. 2008 އިން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ކްރިމިނަލް ކޯޓަށް 10449 މައްސަލައެއް ކޯޓަށް ހުށައެޅިފައިވާ ކަމަށް އެކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
Twitter Embeded
2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކްރިިމިނަލް ކޯޓަށް ހުށައެޅިފައިވަނީ 4519 މައްސަލަ އެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް އެކޯޓުން 4769 މައްސަލަ އެއް އެކޯޓުން ނިންމާފައިވާ ކަމަށް އެކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބު ތަކުން ދައްކައެވެ.
ކްރިމިނަލް ކޯޓުގެ 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުސްވި އަހަރު އެ ކޯޓަށް 978 މައްސަލަ އެއް ހުށައެޅިފައިވެއެވެ. ނިމިގެން ދިޔަ އަހަރު ކްރިމިނަލް ކޯޓުން 1،339 މައްސަލައެއް ބަލާފައިވާއިރު، އަހަރުގެ މަސައްކަތްތައް ނިންމާލިއިރު ބާކިހުރި މައްސަލަތަކުގެ އަދަދަކީ 1،661 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ