އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް އިތުރު ޑޭޓާ

އުރީދޫގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންގެ އަގު ވަޒަންކޮށް، ހަދިޔާއެއްގެ ގޮތުން ހާއްސަ ޑޭޓާ އޮފާތަކެއް ތައާރަފްކޮށްފި އެވެ.
އުރީދޫން މިއަދު ބުނީ މި އޮފާތަކުގެ ދަށުން ޕްރިޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް ބޯނަސް ޑޭޓާ، މަންތްލީ ޑޭޓާ އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 20 ޕަސެންޓުގެ އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ. މި މަހުގެ ތެރޭގައި އެކްޓިވޭޓްކުރާ މައިފައި ޑިވައިސްތަކަށް ކުރާ ރީޗާޖްތަކަށް 15 ޕަސެންޓު ބޯނަސް ޑޭޓާ އަދި ސާކް ގައުމުތަކަށް ކުރާ އައިޑީޑީ ފޯން ކޯލްތަކުން 15 ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ.
ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު އުރީދޫ އެޕް މެދުވެރިކޮށް އަހަރީ ދުވަހުގެ އޮފާ އެކްޓިވޭޓް ކޮށްލެވޭއިރު، ކަސްޓްމަރުންނަށް މުޅި މި މަހަށް މިއޮފާތައް ލިބޭނެ އެވެ. މި ހާއްސަ ޑޭޓާ އޮފާތަކުގުގެ ތަފްސީލުތައް އުރީދޫ ވެބްސައިޓުން ވެސް ލިބޭނެ އެވެ.
15th Anniversary | Ooredoo
Ooredoo
އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްއުރީދޫގެ މެނޭޖިން ޑިރެކްޓަރު ނަޖީބް ޚާން ވިދާޅުވީ، ދިވެހިންގެ ހިދުމަތުގައި އެ ކުންފުނިން މި ހޭދަކުރި 15 އަހަރުގެ ރާސްތާ ވަރަށް ކާމިޔާބު ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ދުނިޔޭގެ އައު އީޖާދީ އުފެއްދުންތައް ދިވެހިންނާ ގުޅުވައިލަދީ މުޖުތަމައުތައް ކުރިއެރުވުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް އުރީދޫގެ ޚިދުމަތް ތައާރަފުކުރީ އޮގަސްޓް 1، 2005 ގަ އެވެ. އޭރު ހިދުމަތް ދޭން ފެށީ ވަތަނިއްޔާގެ ނަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ