ހުކުމް އިއްވަނީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން، ކޯޓުތަކުން - ޑރ.ޝަހީމް
ކޯޓުތަކުން ކުރާ ހުކުމް ތަކަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރައްވާ ހުކުމް ތަކެއް ނޫން ކަަމަށާއި ހުކުމެއް އިއްވަނީ ބަލަންޖެހޭ އިޖުރާއަތްތަކަށް ބެލުމަށްފަހު ކޯޓުގައި ތިއްބަވާ ފަނޑިޔާރުން ކަމަށް ރައީސް ޔާމިންގެ އިންތިހާބީ ބައިވެރިޔާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ގަވާއިދުތައް ރާއްޖޭގައި ހަދާފައިވަނީ ދީނުގައި އެކަން އޮންނަ ގޮތަށްް ކަމަށެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމުގެ ގާބިލްކަން ދިވެހި ދައުލަތުގެ އެބަހުރިކަމަށް ވިދާޅުވިއެވެ.މަރުގެ ހުކުމް ތަންފީޒު ކުރުން ލަސްވަނީ ކީއްވެތޯ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ޝަހީމް ވިދާޅިވީ މަރުގެ ހުކުމް ތަންފީޒުވާނީ އެކަމަށް އޮންނަ އިޖުރާއަތްތަށް ފުރިހަމަ ވުމުން ކަމަށާއި ހުކުމް ކުރާނީ ކޯޓުންތަކުން ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަކި މީިހެއްގެ އަތްމަތީގައި އޮންނަ ކަމެއްނޫން ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަކީ އަޒުމު ވަރުގަދަ ބޭފުޅެއް ކަަމަށާއި އެމަނިކުފާނު ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެއްޖެނަމަ އެކަމެއް ކުރައްވާނެ ކަމަށެވެ.ސަންގް ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އިސްލާމީ ޝަރީއަތް ހުއްދަކުރާ ކޮންމެ ހެދުމެއްގައި ވަޒީފާއަށް ދެވެންޖެހޭނެ ކަމަށެވެ. ނަމަވެސް ވަޒީފާއަށް ނިކުންނަ މީހުން ހެދުން އަޅަން ޖެހޭ ގޮތް ރާއްޖޭގެ ވަޒީފާތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށާއި އެތަނުގައި މޫނު ބުރުގާގެ މައްސަލައެއް ނޫޅޭ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރާނީ ސިވިލްސާރވިސް ކޮމިޝަނުން ކަމަށް ޝަހީމް ވިދާޅުވިއެވެ.ތުނބުޅި ބަހައްޓައިގެން ވަޒީފާއިން ކަނޑާލި މައްސަލަ ދޮގުކުރައްވާ ޑރ ޝަހީމް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ތުނބުޅި ބަހައްޓައިގެން އެއްވެސް މުވަޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާނެ ކަމަށެވެ.ޑރ ޝަހީމް ވިދާޅުވީ ރަނިން މޭޓެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ޒިންމާއަކީ ހަމައެކަނި ދީނީ ކަންކަން ބެލުން ނޫން ކަަމަށާއި ދިވެހިރާއްޖޭގެ ކުރިއެރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި ރައީސް ޔާމިންއަށް އެހީތެރިވެދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ