ސްކޫލް ހިންގުމާ ބެހޭ ކުރީގެ ލިޔުންތައް ދަނީ މުރާޖާ ކުރެވެމުން - މިނިސްޓަރ

ރާއްޖޭގެ ސްކޫލްތައް ހިންގުމާ ގުޅޭ 318 ލިޔެކިޔުމެއް އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ދަނީ މުރާޖާ ކުރަމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިދިޔަ ޖޫން މަހުން ފެށިގެން، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ބާޢްވަމުން އަންނަ ތަމްރީނު ދިނުމުގެ ވޯކްޝޮޕްތަކުގެ ތެރެއިން، އެންމެ ފަހު ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާ އިރު، އެ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމް ވިދާޅުވީ، 1994 ވަނަ އަހަރުން ފެށިގެން ސްކޫލް ހިންގުމާ ގުޅޭ 218 ސާރކިއުލަރއެއް މިނިސްޓްރީއިން ދަނީ މުރާޖާ ކުރަމުން ކަމަށެވެ.
"ސްކޫލްތައް ހިންގުމާ ގުޅޭގޮތުން 1994 ވަނަ އަހރުން ފެށިގެން މިހާތަނަށް ނެރެފައިވާ 318 ސާރކިއުލަރއއެއް މުރާޖާކޮށް، އިސްލާހު ކުރަންޖެހޭ ސަރކިއުލާރތައް އިސްލާހު ކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން ކުރަމުން ގެންދަވާ،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމާ ބެހޭ މަސައްކަތްތައް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާ މަޝްވަރާ ކޮށްގެން ދަނީ ކުރެވެމުން ކަމަށެވެ. އަދި، ދިހަ އަހަރު ވަންދެން ތަޢުލީމު ހާސިލުކޮށްގެން މުޖުތަމަޢަށް ނިކުންނަ ކުދިން މާޔޫސް ކޮށްގެން ނުވާނެ ކަމަށާއި، ދަރިވަރުގެ ހުނަރުވެރިކަން އިތުރަށް ތަރައްގީކޮށް، މުސްތަގްބަލް އުޖާލާ ކޮށްދިނުމަކީ ބެލެނިވެރިންނާއި ސްކޫލްތަކުގެ އިތުރުން މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.
އަދި، ސްކޫލްތައް ހިންގުމުގައި ބެލެނިވެރިންނާއި މުޖްތަމަޢުގެ ބައިވެރިވުން ވެސް ކުރިޔަށް ވުރެ އިތުރު ކުރަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ޓްރެއިނިންގް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ޕްރިންސިޕަލުންނަށް ޓްރެއިނިންގް ދެވިފައިވެ އެވެ.
މި ސެކްޝަންތަކުގައި ބައިވެރިންނަށް މައުލޫމާތާއި ތަމްރީނުދެއްވީ އެޑިއުކޭޝަން މިނިސްޓަރީގެ ސެކްޝަންތަކުގެ ބޭފުޅުންނެވެ.
މިއޮރިއެންޓޭޝަން ޕްރޮގްރާމްގެ ބައިވެރިންނަށް ސިވިލް ސާރވިސްގެ ގާނޫނާއި ބެހޭ މައުލޫމާތާއި ސްކޫލްތަކުގައި ކުރިއަށް ގެންދާ އިމްތިހާނުތައް ކުރިއަށް ގެންދިޔުމުގައި ކަންތައް ކުރަންވީ ގޮތުގެ އުސޫލުތަކާއި ބެހޭގޮތުން ތަމްރީނުދެވިފައިވެ އެވެ.
އަދި އެޑިއުކޭޝަން މިނިސްޓްރީގެ އެކި އެކި ސެކްޝަންތަކުގެ މަސައްކަތް އޮންނަ ގޮތާއި، އެ ސެކްޝަންތަކުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ މައުލޫމާމި އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރެއިން މައުލޫމާތު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ