ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓިއްޖެއެވެ.
ގާސިމް ބޮލަށް އެނބުރުން އެރުމާއި ގުޅިގެން ވެއްޓުނީ ޝަރީއަތުގެ މަޖިލހުގައި އިންނަވަނި ކޮށެވެ. އަދި އެމަނިކުފާނު ވެއްޓުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އައިޖީއެމްއެޗަށް ގެންގޮސް މިހާރުވަނީ ފަރުވާ ދޭން ފަށާފައެވެ.
ގާސިމް ވެއްޓުނީ ޝަރީއަތް ފެށުމުގެ ކުރިން މީހުން ބައިތިއްބާ ތަނުގައި އިންނަވަނި ކޮށެވެ. އަދި އެވަގުތު ގާސިމް އަރުހުގައި އެއްވެސް ވަކީލަކު ނެތެވެ.
ގާސިމް މިއަދު ޝަރީއަރުގެ މަޖިލީހުގައި އިންނަވަނީ ކޮށް ވެއްޓިފައި ވާއިރު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރާއްޖޭގެ ޑޮކްޓަރުން ތަކުރާރުކޮށް އަނގަވާފައިވި ނަމަވެސް ސަރުކާރުން އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓާފައި ވުމުން އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ވަޑައިގަނެވޭ ގޮތް ވަނީ ނުވެފައެވެ.
ގާސިމް އިބްރާހިމް އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ