މޫސާ އަހުމަދު އަލިމަނިކު މަރާލި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފި

ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ހޮނިހިރު ދުވަހުގެ ރޭ ޒުވާނަކު މަރާލި މައްސަލައިގައި ތިން މީހަކު ހައަްޔަރު ކޮށްފި އެވެ.
 
ފުލުހުން ބުނީ މި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އިތުރު ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
 
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދުނބުރި މިސްކިތް ކައިރީ ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ދެމީހަކު ޒަޚަމްވެފައިވާ ކަމަށާއި އެދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށެވެ. 
ފުލުހުން ބުނީ މިމާރާމާރީގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ 11:22 ގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން 19 އަހަރުގެ މޫސާ އަހުމަދު އަލިމަނިކު ކިޔާ، ވ ކެޔޮދޫ ޒުވާނެކެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ