ޕީޕީއެމްގެ އިސްލާހީ އެޖެންޑާގެ ފަހަތުގައި ސިޔާސީ ކަމެއް ނެތް - މައުމޫން

ޕީޕީއެމްގެ އިސްލާހީ އެޖެންޑާގެ ފަހަތުގައި ސިޔާސީ ކަމެއް ނެތް ކަމަށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އެތެރޭގެ މައްސަލަތަށް ބޮޑުވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައީސް މައުމޫން ވަނީ އެ ޕާޓީ އިސްލާހުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަން އިއުލާންކުރައްވާފައެވެ.
އެ އިސްލާހީ އެޖެންޑާ އިއުލާންކުރެއްވުމާއެކީ، ބައެއް ފަރާތްތަކުން ރައީސް މައުމޫނަށް ފާޑުކިޔުންތަށް އަމާޒުކުރަން ފަށާފައިވާއިރު، އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެ އެޖެންޑާގެ ފަހަތުގެ ސިޔާސީ ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމް އިސްލާހުކުރެއްވުމަށް ރައީސް މައުމޫން ކުރައްވާ މަސައްކަތުގެ ދަށުން، ޕާޓީގެ ސައްހަ މެމްބަރުންގެ އަދަދާއި ޕާޓީގެ ސައްހަ ގޮފިތަކަކީ ކޮބައިތޯ ބެލުން ހިމެނެއެވެ. އަދި ޕާޓީގެ މެމްބަރުންނަށް އެންގުންތަށް އަންގާނީ، ސީދާ ޕީޕީއެމްގެ އޮފީހުން ކަމަށާއި، ޕީޕީއެމްގެ މެނިފެސްޓޯގައި ހުރި ކަންތައްތަކުގެ ތެރެއިން ހާސިލުވެފައިވާ މިންވަރު ދެނެގަތުން ހިމެނޭ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑުގެ މި އިސްލާހީ އެޖެންޑާ ކާމިޔާބުވެއްޖެނަމަ ރައްޔިތުންގެ މެދުގައި އިތުބާރު އުފެދި 2018 އަށް ކެންޑިޑޭޓެއް ކަނޑައެޅި އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކުރެވޭނެ" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވަނީ، ޕާޓީ އިސްލާހު ކުރުމުގައި ޕާޓީގެ އެންމެހާ ގުނަވަންތަކުގެ މެންބަރުންގެ އެއްބާރުލުން އެމަނިކުފާނު ބޭނުންވެލައްވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ