ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ރައީސަކު އިންތިހާބު ނުކުރެވުމަކީ ގާނޫނީ ސަރުކާރެއް ނިމުމަކަށް އަންނާނެ ކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
އެ ކޯޓުން މިގޮތަށް ނިންމާފައިވަނީ އެ ކޯޓުގައި ހިމެނިވަޑައިގަންނަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރުގެ ފަނޑިޔާރުން ކަމަށްވާ އަލީ ހަމީދާއި، ޑރ އަހުމަދު އަބްދުﷲ ދީދީއާއި، އަބްދުﷲ ސައީދުގެ އިތުރުން އާދަމް މުހައްމަދު ތާއީދުކުރައްވާ ރޭ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ނެރުނު ހުކުމުގަ އެވެ.
އެ ހުކުމުގައި ފާހަގަކުރެއްވި ކަންތައް އިއްވަވަމުން އެ ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އިންތިޚާބުގެ ތެރޭގައި ގާނޫނާ ޚިލާފް ކަންތައްތަކެއް ހިނގާފައިވާ ނަމަ އެކަމެއް އިސްލާހުކުރަން މުއްދަތުތަކެއް ބޭނުންވާނެ ކަމަށެވެ.
އެ ހުކުމުގައި ބުނެފައިވަނީ ޤާނޫނު އަސާސީގައި ރައީސަކު ހުވާކުރުމަށް ނޮވެމްބަރު 11ގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ ތާރީހަށް ރައީސަކު އިންތިހާބު ނުކުރެވުމަކީ ގާނޫނީ ސަރުކާރު ނިމުމަކަށް އަންނާނެކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެ މުއްދަތަށް ފަހު ސަރުކާރު ދެމި އޮންނާނީ މާ ބޮޑަށް ދިގުލައިގެން ނުދާނެ ގޮތަކަށްކަމަށް އެ ހުކުމުގައި ބުނެފަ އެވެ.
ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ 21 މުއްދަތުގެ މައްސަލައާ ގުޅިގެން އަބްދުﷲ ދީދީ ވިދާޅުވީ ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައި އޮތުމަކީ އެއީ އެ މައްސަލަ ބެލުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ.
އަދި ގާނޫނާ ޚިލާފަށް ކަމެއް ހިނގާފައިވާނަމަ އެކަމެއް ރަނގަޅު ކުރަން މުއްދަތުތަކެއް ބޭނުންވާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެސް ބޭއްވީ ގާނޫނުގައި ބުނާ މުއްދަތުގެ ފަހުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ގެ އިތުރުން ޑރ ދީދީ ފާހަގަކުރެއްވީ، ރައީސް ކަމަށް މީހަކު އައްޔަންކުރުމުގައި ދިމާވާ ކަންކަން ބެލުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށްވާތީ އާއި އެ ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު އިންތިހާބު ފަސްކުރުމަށް އަމުރު ނެރުމުގެ ބާރު ވެސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ.
އަދި އިންސާނީ ބާރު ނުފޯރާ ގުދުރަތީ ހާދިސާތަކާއި ހަނގުރާމައިގެ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ގާނޫނުގައި އޮންނަ މުއްދަތުގައި އެކަމެއް ނިންމަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ހުކުމްކޮށްފައިވާކަން މުއުތަސިމް ފާހަގަކުރެއްވި އެވ
ދައުރު ހަމަވާއިރު އިންތިޚާބު ނުނިމިއްޖެނަމަ ސަރުކާރު ދެމިއޮންނާނެ - ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ