މޫސުން ގޯސްވެ، ފުވައްމުލަށް ސިޓީއިން އައްޑޫ ސިޓީއަށް ޔެލޯ އެލާޓު ނެރެފި

މޫސުން ގޯސްވެ، ފުވައްމުލަށް ސިޓީއިން އައްޑޫ ސިޓީއަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އެސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު ފަހު 15:00 އިން 18:00 އަށެވެ. އެސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.#AlertYellow for torrential rain with gusts of 45 mph. pic.twitter.com/brF9QCR908— Maldives Meteorology (@MetMaldives) August 29, 2019
އޭގެ އިތުރުން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއި އެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން ބުނގޮތުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުންމިއަދު ވަނީ ރާއްޖޭގެ ގިނަ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފައެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާއިރު މިއަދު ހިނގި ކަނޑުމަތީ ހާދިސާއެއްގައި، ޑިންގީ އެއް ބަންޑުން ޖަހާލައިގެން ފަސް މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ އެއް އާއިލާއެއްގެ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ