ނާދިރާއަށް ވޯޓްދެއްވާ! އެއީ ގެއްލިގެންދާނެ ވޯޓެއްނޫން: ރައީސް މައުމޫން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަލޮޅުދެކުނު ދާއިރާއަށް ވާދަކުރައްވާ އާމިނަތު ނާދިރާއަށް ވޯޓްދެއްވުމަށް ރައީސްމައުމޫން އެދާއިރާގެ  ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިގޮތަށް އެދިވަޑައިގަތީ ކުރިޔަށް އޮތް ރައްޔިތުންގެމަޖިލީހުގެ އިންތިޚާބުގައި އެމަނިކުފާނުގެ ތާއީދާއިއެކު ގަލޮޅުދެކުނު ދާއިރާއަށް ވާދަކުރައްވާ އާމިނަތު ނާދިރާގެ ކެމްޕެއިން ރަސްމީކޮށް ފައްޓާވާދެއްވުމަށް ރޭ ލޮނުޒިޔާރަތް މަގުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
ގަލޮޅު ދެކުނުދާއިރާގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވި މި ހަފްލާގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ނާދިރާފަދަ ހިތްވަރުގަދަ ބޭފުޅެއް ދާއިރާގެ ރައްޔިތުންނަށް ލިބުމަކީ ދާއިރާގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރުގަދަ ހަތިޔާރެއް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގެ އަނިޔާވެރިކަމުން ގައުމާއި ރައްޔިތުން ސަލާމަތްކުރުމުގައި ކުރެވުނު އިސްލާހީމަސައްކަތުގައި ނާދިރާ ފެނިގެންދިޔައީ ވަރުބަލިކަމެއް ފަސްޖެހުމެއްނެތި ކުރިޔަށް ވަޑައިގެންނެވި ވަރަށް ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައިކަމަށާއި، އެހެންކަމުން އެފަދަ ހިތްވަރުގަދަ ބޭފުޅެއް ދޫކޮށްނުލުމަށްވެސް ދާއިރާގެ ރައްޔިތުންގެ ކިބައިން ރައީސްމައުމޫން އެދިވަޑައިގެންނެވިއެވެ.
”ނިމިގެންދިޔަ ސަރުކާރުގެ އަނިޔާވެރިކަމުން ގައުމާއި ރައްޔިތުން ސަލާމަތްކުރުމުގައި އަޅުގަޑަށް ނާދިރާ ފެނުނީ ވަރަށް ހިތްވަރުގަދަ ، ކެރޭ، ސާބިތުކަމާއި އެކު މަސައްކަތް ކުރެވި ބޭފުޅެއްގެ ގޮތުގައި.“ ރައީސް މައުމޫން ވިދާޅުވިއެވެ.
ރޭގެ ހަފްލާގައި ވާހަކަދައްކަވަމުން ރައީސް މައުމޫންވަނީ ރައްޔިތުންގެ މަޖިލީހަސާއި އަދި ގައުމަށް ޚިދްމަތް ކުރެއްވުމަށް އަންހެން ބޭފުޅުންވަޑައިގެންނެވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލަވާ ވާހަކަ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ