މަހުޖަނުންނަށް މަޖިލިސް ދީގެން ކޮރަޕްޝަން ހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ވިދާޅުވުމަށް އދ. ގެ ސްޕެޝަލް ރެޕެޓުއާ އޮން ފްރީޑޮމް އޮފް ރިލިޖަން އޮފް ބިލީފް (ދީނީ މިނިވަންކަން) ކަމުގެ މަޤާމުގައި ހުންނެވި ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު ރައްދުދެއްވައިފިއެވެ.
ޝަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަހުޖަނުނަށް މަޖިލިސް ދީގެން ކޮރަޕްޝަން ހުއްޓުވޭނަމަ ޑްރަގް ވިޔަފާރި ކުރާމީހުން ހުއްޓުވަން ފުލުސް އޮފީސް އެ ވިޔަފާރި ކުރާ މީހުންނަށް ދޭން ވީ ކަމަށެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، މަޖިލީހަށް ކުރިމަތިލާން ޖެހެނީ ތަޖުރިބާ ހުރި، ގާބިލު، ތައުލީމީ އަދި ފުއްދުންތެރިކަން ހުރި މީހުން ކަމަށެވެ. ނަމަވެސް އަމިއްލަ އަށް ކައިގެން ބޮއިގެން އުޅެވޭނެ ވަރު ނެތް މީހުން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލައިގެން ހޮވުމުން އޭނާ މަސައްކަތް ކުރާނީ ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެ މީހާ މަސައްކަތް ކުރާނީ އަމިއްލަ ޖީބު ފުރާލުމަށް ކަމަށާއި، ނޫނީ ބަލާނީ އަމިއްލަ ކަމެއް ކުރެވޭ ކަމަށެވެ.
"އެމީހާ އަމިއަލައަށް ކައިގެން ބޮއެގެން އުޅެވޭނެވަރު ނެތް މީހަކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލައިގެން ހޮވުނީމަ ވިދާޅުވެ ބައްލަވާ ދެން ކިހިނެތްތޯ ވާނީ. މުއްސަނދިންނޭ މަހުޖަނުންނޭ މިލިޔަނަރުންނޭ ކިޔައިގެން ވާހަކަ ދައްކާއިރު، މިލިޔަނަރުން ތިބެންވީ އެތަންތާގައި. އޭރުން އެ ވިދާޅުވާ ރިޝްވަތު ނަގައިގެން ވިކިގެން ނުދާނެ،" ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން މަޖިލީހަށް ހޮވަންވީ މުއްސަނދިން ކަމަށް ބުނެ އެފަދަ މޭރުމަކުން ގާސިމް ވަނީ ވާހަކަދައްކާވާފައެވެ. އެއިރުން ރިޝްވަތު ނަގައިގެން ވިކިގެން ނުދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޝަހީދު ގާސިމްއަަށް - މަހުޖަނުންނަށް މަޖިލިސް ދޭނަމަ ޑްރަގް ވިޔަފާރިވެރިންނަށް ފުލުސް އޮފީސް ދޭންވީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ