ބ.އަތޮޅު އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށާނެ

ބ.އަތޮޅުގެ ރިސޯޓުތަކަށް ދައުވަތު ދީގެން އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބް އިން ބާއްވާ ބ.އަތޮޅު އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށާނެކަމަށް އެކްލަބުން ބުނެފި އެވެ.
އޭދަފުށީ ޓާފު ދަނޑުގައި ކުޅޭ މި މުބާރާތުގެ މިއަހަރު ހަ ރިސޯޓުން ވާދަކުރެއެވެ. ގްރޫޕް އޭ ގައި ހިމެނެނީ އަމިއްލަފުށި، ފިނޮޅު އަދި އަނަންތަރާ ކިހަވައް ވިލާސް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ރޯޔަލް އައިލެންޑް، ޑުސިޓް ތާނީ މޯލްޑިވްސް އަދި ސޮނެވާފުށި ރިސޯޓެވެ.
މުބާރާތް ހުޅުވާ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ގްރޫޕް އޭގައި ހިމެނޭ އަމިއްލަފުއްޓާއި ފިނޮޅު ރިސޯޓެވެ. މާދަމާ ބައްދަލު ކުރާނީ ގްރޫޕް ބީގައި ހިމެނޭ ރޯޔަލް އައިލެންޑް ރިސޯތާއި ދުސިތު ތާނީ އެވެ.
ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތަކީ 2013 ވަނަ އަހަރު އޭދަފުށީ ކޮމްބިނޭޝަން ކަލްބް (ސީސީ) އިން ތައާރަފުކުރި މުބާރާތެކެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އައީ އޭދަފުށީ ޒުވާނުންގެ ކްލަބުންނެވެ.
މިއަހަރު މި މުބާރާތް ކުރިއަށް ގެންދަނީ ވެލާ ސްޕޯޓްސް ކްލަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ