ދަނބިދޫ އިންޖީނުގޭގައި ރޯވެ ރަށުން ކަރަންޓު ކެނޑިއްޖެ

ލ. އަތޮޅު ދަނބިދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ދަނބިދޫ ކައުންސިލް މެންބަރު ހުސެއިން ފަޒީލް "އަވަސް"އަށް ވިދާޅުވީ މިރޭ 8:30 ހާއިރު އިންޖީނު ގޭގައި ރޯވެފައިވާ ކަމަށާއި މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. ނަމަވެސް އިންޖީނުގޭގައި ހުރި ދެ އިންޖީނެއް ހަލާކުވެފައިވާ ކަމަށާއި އޭގެ ސަބަބުން މުޅި ރަށުން ކަރަންޓު ގޮސްފައިވާ ކަމަށް ފަޒީލް ވިދާޅުވި އެވެ.
"އިންޖީނުގޭގައި ހުންނާނީ ތިން އިންޖީނު. ރަށަށް ކަރަންޓު ދެވޭނީ ދެ އިންޖީނު އެއްފަހަރާ ޖައްސައިގެން. އެކަމަކު މިރޭ ދެ އިންޖީނު ހަލާކުވީމަ ހިޔެއް ނުވެ މިރޭ ކަރަންޓު ދެވޭނެ ހެން،" ފަޒީލް ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އެމްއެމްޑީއެފް ނުވަތަ ފުލުހުންގެ ބަހެއް ވެސް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ