މިފަދަ ދަނޑިވަޅެއްގައި ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށް ލަންކާގެ ބޮޑުވަޒީރު އެދިވަޑައިގެންފި

މިފަދަ ދަނޑިވަޅެއްގައި ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށް ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަ ސިންހަ އެދިވަޑައިގެންފިއެވެ.
ލަންކާގެ ވެރިކަންކުރާ ޕާޓީ، ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރ ގެ މަގާމުގައިވެސް ހުންނެވި ރަނިލް މިހެން ވިދާޅުވީ މިއަދު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ރަނިލް ވިދާޅުވީ ސްރީލަންކާ އަށް މިއަދު ދިން ހަމަލާއަކީ ފިނޑި އަމަލެއް ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މި ހިތާމަވެރި ދަނޑިވަޅުގައި ލަންކާގެ ހުރިހާ ރައްޔިތުން އެއްބައިވަންތަކަމާއެކީ ދެމި ތިބުމަށް ރަނިލް އެދެވަޑައިގެންފައިވެއެވެ. އަދި ލަންކާ ސަރުކާރުން ގައުމުގެ ހާލަތު، ކުރިން އޮތް ހާލަތަށް އަނބުރާ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރަނިލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ