މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބައެއް ސރަހައްްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ. ސްޓެލްކޯ އިން ބުނީ ހެންވޭރާއި މައްޗަންގޮޅި އަދި މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ. A power outage is now affecting some customers of Maafanu, Machangolhi, and Hanveyru . Our team is working as quickly and safely as possible to restore power. We will continue to keep you updated on the situation . Thank you for your patience. — STELCO (@STELCOMALDIVES) April 13, 2019 ކަރަންޓު ކެނޑުނީ ސީދާ ކީއްވެ ކަމެއް ސްޓެލްކޯ އަކުން ނުބުނެ އެވެ. މި ފަހަކަށް އައިސް ހޫނު ގަދަވުމުގެ ސަބަބުން ލޯޑު ބޮޑުވެ ކަރަންޓު ކެނޑޭ މައްސަލަ މާލެ އާއި ރަށްރަށުގައި ވެސް ދަނީ ދިމާވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ