ޑީއާރުޕީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ ރައްޔިތުންގެ މަޖިލިސްގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އަތުން ދަރަންޏަށް 1،920،000 ރުފިޔާ (އެއް މިލިއަން ނުވަސަތޭކަ ވިހިހާސް ރުފިޔާ) ނަގާފައިވާކަން ސާބިތުވާ ކަމަށް ސިވިލް ކޯޓުންކޮށްފައިވާ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ސިވިލް ކޯޓުން ދަރަންޏަށް ފައިސާ ނަގާފައިވާކަން ސާބިތުވާ ކަމަށް ހުކުމްކޮށްފައިވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު އެވެ. ނާޒިމްގެ ފަރާތުން މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ 2010 ވަނަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ. އަދި ތަސްމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރީ 2011 ވަނަ އަހަރުގެ ޖޫން 9 ގައި އެވެ.
ހައި ކޯޓުގައި މައްސަލަ އޮންނަތާ ދެއަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން މިއަދު އެ ކޯޓުން ކުރި ހުކުމުގައި ވަނީ ދަރަންޏަށް ނާޒިމް އަތުން ފައިސާ ނަގާފައިވާކަން ސާބިތުވާތީ އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކުރާ ކަމަށެވެ.ނަމަވެސް ހުކުމުގައި ވަކީލުންގެ ފީ އާއި ބެހޭ ގޮތުން ހިމަނާފައިވާ ބައި ވަނީ ބާތިލުކޮށްފައެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ތަސްމީން އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ2.55 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.92 މިލިއަން ރުފިޔާ ދެއްކުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެފައިސާ ދީފައިނުވާތީ ސިވިލް ކޯޓްގެ ގަޒިއްޔާއިން ތަސްމީން ނާޒިމަށް ދައްކަން ޖެޙޭ ކަމަށް ހުކުމް ކޮށްފައިވާ 1.9 މިލިޔަން ރުފިޔާ ގެ މައްސަލައަށް ތާއީދުކޮށް ވަކީލުގެ ފީއާބެހޭ ގޮތުން އެ ހުކުމުގައި ގިޔާސްކޮށްފައިވާ ގޮތުގެ ޝަރުއީ އަދި ގާނޫނީ އުސޫލަށް ނުފެތޭތީ ހުކުމުގެ އެ ބައި ބާތިލު ކުރީ ކަމަށެވެ.
ތަސްމީން 1.9 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ