ކޮވިޑުގައި ފުވައްމުލަކުން މަރެއް، މިމަހުގެ ނުވަ ވަނަ މަރު!

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ ފުވައްމުލަކު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުން އައި 80 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހަވީރު 4:55 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ މިމަހުގެ ތެރޭގައި އެބަލީގައި މަރުވި ނުވަ ވަނަ މީހާ އެވެ. މިމަހު އެންމެ ގިނަ މީހުން މަރުވީ 20 ވަނަ ދުވަހު އެވެ. އެދުވަހު ރާއްޖޭގެ ތިން ސަރަހައްދަކުން ހަތަރު މީހަކު މަރުވެފައިވެ އެވެ.
އިއްޔެގެ މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 271 އަށް އަރައިފަ އެވެ. އެއީ 253 ދިވެހީންނާއި 18 ބިދޭސީންނެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ