ހދ. ފިނޭއަށް ސޯލާ ހަކަތަ ބޭނުންކޮށްގެން ކަރަންޓު ހިދުމަތުގެ ބޮޑު ބައެއް ފޯރުކޮށްދޭން ގާއިމުކުރާ ނިޒާމުގެ މަސައްކަތް ފަށައި، ފައުންޑޭޝަން އަޅައިފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ބުނީ، މިމަޝްރޫއުގެ 297.26 ވަޓް ޕީކްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމްކުރާނެ ކަމަށެވެ.
މި ނިޒާމުގެދަށުން ބެޓަރީ އެނާޖީ ސްޓޮރޭޖް ސިސްޓަމް (ބީއީއެސްއެސް) އަދި އެނާޖީ މެނޭޖްމެންޓް ސިސްޓަމް (އީއެމްއެސް) އެއްވެސް ގާއިމުކުރާނެ ކަމަށާއި، ބިންގާ އެޅުމުގެގޮތުން އެ ނިޒާމުގެ މަސައްކަތަށް ބޭނުންވާ މައުންޓިންގް ސްޓްރަކްޗާވެސް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫއު ނިމުމުން އެރަށުގައި ކަރަންޓު ބޭނުންކުރާ މިންވަރުގެ 60 އިންސައްތަ، ތިމާވެއްޓާ ރައްޓެހި ސޯލާ ހަކަތަ ބޭނުންކޮށްގެން ފޯރު ކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެރައިސް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11–14 މެގަވޮޓް ސޯލަރ ހަކަތައިގެ ނިޒާމެއް ޤާއިމުކުރުމަށް މިނިސްޓްރީން މިފަހުން ވަނީ އިއުލާން ކޮށްފައެވެ.
ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ހަކަތައިގެ ދާއިރާއަށް ޚާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާ ކަމަށާއި، އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލީޓަރު ދަށްކުރުމާއި އަދި 2018 ގެ ނިސްބަތާއި އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޭނުންކުރާ މިންވަރު 20 އިންސައްތަ އިތުރުކުރުން ހިމެނެއެވެ.
ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ޤައުމަކަށް ހެދުމެވެ.
ފިނޭއަށް ސޯލާ ހަކަތައިން ކަރަންޓު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ