ޝަހީދު ޙުސައިން އާދަމް ބިލްޑިންގްވެސް ފިނޭންސް މިނިސްޓްރީގެ ބެލުމުގެދަށަށް ބަދަލުކުރަނީ

ޝަހީދު ޙުސައިން އާދަމް ބިލްޑިންގް ވެސް ފިނޭންސް މިނިސްޓްރީގެ ބެލުމު ދަށަށް ބަލަދު ކުރުމަށް ހުށައަޅާފައި ވާނެކަމަށް ފިނޭން މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައޮ ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ކައުންސިލް ބަދަލުވެގެން އައިއިރު ސަރުކާރުގެ ބިންތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލްގައި އެދިފައިވާނެކަމަށާއި، އެގޮތުން ޝަހީދު ޙުސައިން އާދަމް ބިލްޑިންގް ވެސް ފިނޭންސް މިނިސްޓަރީގެ ދަށަށް ބަދަލު ކުރުމަށް އެދިފައިވާނެކަމަށެވެ.
އަދި މިފަދައިން އެދިފައިވަނީ ދަޢުލަތުގެ ތަންތަން ބެލެހެއްޓުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއަކަށް ވާތީކަމަށާއި، ދަޢުލަތުގެ ތަންތަން ރަހުނު ކޮށްގެން ފައިސާ ހޯދުމަކީ ކުރާނެ ކަމެއްނޫންކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ އަދި ރަހުނު ކުރި ކަމުގައިވިޔަސް ބޭރުގެ ބޭންކްތަކުން ލޯނުދޭނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ބެލުމަށްފަހުގައި ކަމަށާއި، އެއީ ބޭންކުތަކުން މީހަކަށް ލޯނުދޭއިރުވެސް ބަލާނެ އުސޫލު ކަމަށެވެ.
އެހެން ކަމުން ރަހުނު ކުރާ ވާހަކަ ދައްކަނީ ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކުގެ އޮފް ކަނޑުވާލަން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ސުކޫކް ވިއްކައިގެން މިކަން ކުރިޔަސް ރަހުނު ނުކުރާނެކަމަށާއި، އެހެން ނަމަވެސް ޚަރަދު ބޮޑުވަންޏާ އެކަން ފޫބައްދަންޖެހޭ ކަމަށެވެ.
މިއާއި އެކު އޭނާ ވިދާޅުވީ ޚަރަދު ބޮޑުވުމާއި ގުޅިގެން އެކަން ހަމަޖައްސަން ޖެހިފައިވަނީ ބޭރުން އެހީތައް ހޯދައިގެން ކަމަށާއި، އޭގެ ތެރޭގައި ހިލޭ އެހީއާއި އަދި ބޭރުގެ މާކެޓްތަކަށް ގޮސްގެން ބަޖެޓް ސަޕޯޓުގެ ގޮތުގައި ހޯދަންޖެހޭފައިސާ ހިމެނޭކަމަށެވެ.
އަމީރު އިތުރަށް ވިދާޅުވީ ކުރީގެ ގޮތަށް ކުރާކަމަށްވާނަމަ ރަހުނުކޮށްގެންވެސް އެކަން ކުރެވޭނެކަމަށާއި،އެހެންނަމަވެސް އެއީ އެއްވެސް ސަރުކާރަކުން ކޮށްފައިވާކަމެއް ނޫންކަމަށެވެ.
މީގެ އިތުރުން ދަޢުލަތުގެ މާލީ ޙާލަތާއި ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރު ޤައުމީ އުފެއްދުންތެރިކަން 30 އިންސައްތަ ދަށަށްގޮސްފައި ވާކަމަށާއި،އަންދާޒާކުރި ވަރަށް ގިނަ އާމްދަނީވެސް ދަޢުލަތަށް ނުލިބޭކަމަށެވެ.
މިނިސްޓަރު އަމީރު މިފަދައިން ވިދާޅުވިނަމަވެސް އާމްދަނީ ހޯދަން ބޭރަށް ވިއްކަން ހިމަނާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަށް ރާއްޖޭގެ އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތްވެސް ވަނީ ރަހުނުކޮށްފައެވެ.
މީގެ އިތުރުން މިނިސްޓަރ އަމީރު ރާއްޖޭގެ މީޑީއާތަކަށް މައުލޫމާތު ދެއްވިގޮތުގައި ހަރުމުދާ ރަހުނުކޮށްގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިސްލާމިކް ޓީބިލެއް ސަރުކާރުން ވިއްކާލާފައިވާކަމަށާއި، ވެލާނާގެއާއި އޮލިމްޕަސް ރަހުނުކޮށްގެން އިސްލާމިކް އިންސްޓްރޫމަންޓެއް މިދިޔަ ޖޫން މަހު އިޝޫކޮށްގެން ސަރުކާރުން ވަނީ 350 މިލިއަން ރުފިޔާ ހޯދައިފިވާކަމަށެވެ.
މި ފައިސާ އަކީ ސަރުކާރުގެ ޚަރަދު މެނޭޖްކުރުމަށް ހޯދި ފައިސާއެއްކަމަށް އަމީރު ވިދާޅުވެފައިވާއިރު، މިއީ އިޤްތިސާދީގޮތުން ބަލާނަމަ ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެގެންދާނެކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ