މަދަމާ ކަރަންޓު ދޭނީ ޓަވަރު 3 އަދި 4 އަށް: ސްޓެލްކޯ

ހިޔާ ފްލެޓުތަކަށް ކަރަންޓޫ ދިނުމުގެ ތެރެއިން މާދަމާ ކަރަންޓޫ ދޭނީ ޓަވަރު 3 އަދި 4 އަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ޓަވަރު 3 އަދި 4 އިން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާންވި ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި ސްޓެލްޯއިން ދޫކޮށްފައިވާ ސްލިޕްއާއެކު ގަޑިއަށް ހާޒިރުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން ކޮންމެ ދުވަހަކުވެސް އެ މަސައްކަތް ކުރަނީ ހެނދުނު 9 އިން ހަވީރު 5 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ