ހިޔާ ޓަވަރުގެ ލިފްޓުތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ކަރަންޓު ދިނުން މިއަދަށް މެދުކަނޑާލައިފި

ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ފްލެޓުތަކަށް ކަރަންޓު ދިނުން މެދުކަނޑާލާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު ކަރަންޓު ދިނުމަށް ހަމަޖެހިފައި އޮތީ ޓަވަރު ތިނެއް އަދި ހަތަރެއްގެ ފްލެޓުތަކަށެވެ.
ސްޓެލްކޯ އިން ބުނީ، އެ ޓަވަރުތަކުގެ ލިފްޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ދިނުމުގެ މަސައްކަތް އެޗްޑީސީގެ މަޝްވަރާގެ މަތިން މިއަދަށް މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.
އަދި ކޮންޓްރެކްޓަރު މެދުވެރިކޮށް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ގެންދާ ކަމަށް ބުންޏެވެ.
ސްޓެލްކޯ އިން އިތުރަށް ބުނީ، އެ ދެ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ދުވަހެއް އެ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާނެ ކަމަށެވެ.
ސްޓެލްކޯ އިން ކޮންމެ ދުވަހަކުވެސް ކަރަންޓު ދެމުން ދަނީ ދެ ޓަވަރަކަށެވެ. އަދި އެ މަސައްކަތް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ