ބޮލީވުޑްގެ މި ހަ ފަންނާނުންނަށް ލޯބިވެވުނީ ފޭނުން ދެކެ

ކޮންމެ މީހެއްގެވެސް އެމީހަކު ގަޔާވާ ސެލެބްރިޓީ އެއް ހުންނާނެއެވެ. އަދި ބައެއްފަހަރަށް އެމީހަކު ހިތް އެދޭ ސެލެބްރިޓީއަކާ ކައިވެނި ކުރުމަކީ ދެކޭނެ ހުވަފެނެކެވެ. މި ހަ ބޮލީވުޑް ފަންނާނުންނަކީ އެމީހުންގެ ފޭނުން ދެކެ ލޯބިވެ، ކައިވެނި ކުރި ފަންނާނުންނެވެ. އަދި އެ ނަސީބުވެރި ފޭނުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިން ފަންނާނުންނެވެ. 1. ދިލިޕް ކުމާރު އާއި ސައިރާ ބާނޫ ދިލިޕް ކުމާރަކީ ސައިރާ ވަރަށް ކުޑައިރުން ފެށިގެން ހިތް ކިިޔާފައި ހުރި ފަންނާނެކެވެ. މި ދެ މީހުން ކައިވެނިކުރީ 1966 ގައި ދިލިޕްގެ އުމުރުން 44 އަހަރުގައެވެ. އޭރު ސައިރާގެ އުމުރުން 22 އަހަރެވެ. ސައުދާގަރާއި ކޮހިނޫރާއި ކަރުމާ އަކީ ދިލިޕް ކުމާރުގެ މަޝްހޫރު ފިލުމުތަކެވެ. 2. މުންތާޒު އާއި މަޔޫރު މަދްވަނި ބޮލީވުޑްގެ އެކްޓްރެސް މުންތާޒު ކައިވެނި ކުރީ އޭނާގެ އެންމެ ބޮޑު ފޭން ކަމުގައިވާ މަޔޫރު މަދުވަނި އާއެވެ. އެމީހުން ކައިވެނިކުރީ 1974 ވަނަ އަހަރުގެ މެއި 29ގައެވެ. 3. ޝިލްޕާ ޝެޓީ އާއި ރާޖު ކުންދުރާ ގިނަ ބައެއްގެ ހިތް ފަތަހަ ކުރި ބޮލީވުޑްގެ ފަންނާނު ޝިލްޕާ ޝެއްޓީ ކައިވެނި ކުރީ އޭނާގެ އެންމެ ބޮޑު ފޭން ކަމުގައިވާ ނަން މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ރާޖު ކުންދުރާއާ އެވެ. އެއީ 2009ގެ ނޮވެމްބަރު މަހު 22 ގައެވެ. ޝިލްޕާ ޝެޓީގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ދަޅުކަން ފާހަގަކޮށްލެވެއެވެ. 4. ވިވެކް އޮބެރޯއި އާއި ޕްރިޔަންކާ އަލްވާ ވިވެކް އޮބެރޯއި އަށް އެންމެ ފުރަތަމަ ވެސް ލޯބިވެވުނީ އިންޑިއާގެ މިނިސްޓަރު ކަރުނަތަކާގެ ދަރި ޕްރިޔަންކާ އަލްވާ އާއެވެ. މި ދެމީހުން ކައިވެނި ކުރީ 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 29ގައެވެ. 5. ޖީތެންދްރާ އާއި ޝޯބާ ކަޕޫރު ބޮލީވުޑް އެކްޓަރު ޖީތެންދުރާ ކައިވެނި ކުރީ ބްރިޓިޝް އެއާވޭސްގައި އެއާ ހޮސްޓެސްއެއްގެ ގޮތުގައި މަސައްކަތްކުރި ޝޯބާ ކަޕޫރުއާއެވެ. އެދެ މީހުން ބައްދަލުވުމުގެ ކުރިންވެސް ޖީތެންދުރާ އަކީ ޝޯބާ ވަރަށް ގަޔާވި ފަންނާނެކެވެ. އެ ދެމީހުން ކައިވެނިކުރީ 1974 ވަނަ އަހަރުގައެވެ. 6. އީޝާ ޑިއޯލް އާއި ބާރަތު ތަކްނީ މަދަރުސީ ދައުރުން ފެށިގެންވެސް ބާރަތު، އީޝާ ދެކެ ލޯބިވި ނަމަވެސް އީޝާ ފިލްމީ ދާއިރާއާ ގުޅުނު ފަހުން އޭނާއާ ކައިވެނި ކުރުމުގެ އުންމީދު ބާރަތު ކަނޑާލިއެވެ. ނަމަވެސް ބާރަތު އީޝާ ދެކެވީ ހަގީގީ ލޯބީގެ ސަބަބުން އެދެމީހުން އަލުން ގުޅި، 2012 ވަނަ އަހަރު ދެމީހުން ވަނީ ކައިވެނިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ