ޕީޕީއެމް ކޮމަންޑޫ ދާއިރާގެ ޕްރައިމަރީ އަންނަ އާދީއްތަ ދުވަހު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ ޕީޕީއެމް އަދި ޕީއެންސީން ގެކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.ޕީޕީއެމުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީ، ޕީ.ޕީ.އެމް އަދި ޕީ.އެން.ސީގެ އެތެރޭގެ ޕްރައިމަރީއެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.އެގޮތުން ޕްރައިމަރީގެ ވޯޓު ނެގުން ޕްރައިމަރީގެ ވޯޓު ނެގުން 2021 ޑިސެމްބަރު 26 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އިން 5:00 އަށް ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ފޯކައިދޫ ގެ އިތުރުން މާލޭގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށް ޕީޕީއެމުން މައުލޫމާތުދެއެވެ.ޕީޕީއެމުން ބުނެފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީ.ޕީ.އެމް ގެ ޓިކެޓްގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު 2021 ޑިސެމްބަރު 21 އިން ފެށިގެން 2021 ޑިސެމްބަރު 23 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.ޕްރައިމަރީގައި ވާދަކުރެވޭނީ، އަދި އިންތިހާބުގައި ވޯޓު ލެވޭނީ ވެސް ޕީޕީއެމް އަދި ޕީއެންސީގެ މެންބަރެއްގެ ގޮތުގައި 2021 ޑިސެމްބަރު 20 އާއި ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށެވެ. އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ތައްޔާރުވަމުން އަންނަނީ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ