އަތޮޅުތެރޭގައި ހުރި އެންމެ ބޮޑު އަދި ފުރިހަމަ ސްކޫލް މިލަންދޫގައި

ށ. މިލަންދޫގައި އިމާރާތްކުރި ސްކޫލުގެ މަސައްކަތް ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ. މިއީ އަތޮޅު ތެރޭގައި މިހާތަނަށް އިމާރާތްކުރި، ޖާގައިގެ ގޮތުން އެންމެ ތަނަވަސް ސްކޫލެވެ.
މިލަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަތައް ހައްލުކުރަން އަލަށް އެޅި ހަތަރު ބުރީގެ އިމާރާތުގައި 30 ކްލާސްރޫމު ހުރެ އެވެ.
މިލަންދޫ ސްކޫލުގެ އާ އިމާރާތް.-- ފޮޓޯ: އެސްޖޭ ކޮންސްޓްރަކްޝަން
އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 2015 ވަނަ އަހަރު ހަދަން ފެށި ސްކޫލަށް ސަރުކާރުން ވަނީ 57 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރާ އެކު އަންނަ އާދިއްތަ ދުވަހު އެ އިމާރާތުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.
މިލަންދޫ ސްކޫލުގެ އާ އިމާރާާތް
ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އެ އިމާރާތުގައި ހާއްސަ ދެ ކްލާސް ރޫމް ހާއްސަކޮށްފައިވެ އެވެ. އަދި ސައިންސް ތިން ލެބު ހުރެ އެވެ. މީގެ އިތުރުން ޓްރެއިނިން ހޯލަކާއި ކެފޭއެއްގެ އިތުރުން މުޅި ރާއްޖޭގައި ވެސް ހުރި އެންމެ ބޮޑު ލައިބްރަރީ ހަދާފައިވަނީ ވެސް މި އިމާރާތުގަ އެވެ.
ނާސަރީން ފެށިގެން ގްރޭޑު 12 އަށް ކިޔަވައިދެމުން އަންނަ މިލަންދޫ ސްކޫލްގައި 800 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ