އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން މިއަދު ހުޅުއްވާލައްވައިފިއެވެ.އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު، އަލުން ހުޅުއްވާލެއްވީ 31 ޖަނަވަރީ 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި 4/2018/1/PPA-1 ނަންބަރުގެ އިޢުލާނުން އެފުރުސަތު ހުޅުވައިލާފައި ވީނަމަވެސް، އެއިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް އެ މަޤާމަށް ބޭފުޅުން ކުރިމަތިލައްވާފައިނުވާތީއެވެ.އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާ ތާރީޚަކީ، 1 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ.އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް، www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ