މަޖިލީހުން މިއަދު ފާސްކުރި ދެބިލު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިދެބިލު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުންނެވެ.
ގުޅިފައިވާ ޕާޓީތަކުން ކުނޫޒުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިއަދު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތްތަކާ ކަނޑައެޅިގެން ޚިލާފު ބިލުތަކެއް ކަމަށެވެ. އެހެންކަމުން މިދެބިލު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
ތަފުސީލު އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ