ރައީސް އަބްދުﷲ ޔާމީން ރުއްސެވުމަށްޓަކައި ގާނޫނު އަސާސީއާއި ގަނޫނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގައި އަބްދުﷲ މަސީހް އެ ކުޅުއްވަނީ ތަމްސީލްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނުގެ ބިލާއި، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނެސް މަޖިލީހުން އެ ދެބިލުވެސް ފާސްކޮށްފައިވަނިކޮށެވެ.
ގާސިމް ކުރެއްވިޓްވީޓެއްގައި ވިދާޅުވީ މަޖިލިސް މެމްބަރުންނާއި, އުއްތަމަ ފަނޑިޔާރާއި އިތުރު ފާނޑިޔާރަކު ހިފައި ހައްޔަރު ކުރުމަށް ފަހު މަޖިލީސްތެރޭ މިހާރު ކުރަމުންގެންދާ ކަންތައްތައް ބަލައި ނުގަންނަ ކަމަށެވެ. އަދި 12 މަޖިލިސް މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ޖަލުގައި މެމްބަރުން ބަނދުކޮށް ސުޕްރީމްކޯޓުގެ ބެންޗު ބަދަލު ނުކުރެވޭނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. ގާސިމް މިހެން ވިދަޅުވީވެސް ފަހުން ކުރެއްވި ޓްވީޓެއްގައެވެ.
ދެ ބިލު މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައިވެސް ޤާސިމް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެއީ ގާނޫނާ ޚިލާފަށް ކުރި ކަމެއްކަމުގައި ވިދާޅުވެފައެވެ.
އެ ޓްވީޓުގައި ގާސިމް ވިދާޅުވީ މަޖިލީހުން ނިންނި ދެ ނިންމުމަކީވެސް ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ހިލާފު ދެ ނިންމުންކަމަށް ވުމުން ދައުލަތުން އެ ދެ ނިންމުމަށް އަމަލުކޮށްގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން އެފަދަ މައްސަލައެއްގައި 43 މެމްބަރުން މަޖިލީހުގައި ހާޒިރުވެވަޑައިގެން ތިއްބަވާ މެނުވީ، ވޯޓަށް އަހައިގެން ނުވާނެ ނުވަތަ ނުކުރެވޭނެކަމަށް ޤާނޫނު އަސާސީގައި ބުނާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ޖިނާއީ ހުކުމެއް ސާބިތުވާ ހިސާބުން ފެށިގެން ފަނޑިޔާރުކަން ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް ހުށައެޅުނު އިސްލާހު މިއަދު ފާސްކޮށްފައިވަނީ 37 މެމްބަރުންގެ ވޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ކުރިން ސަރުކާރު ކޯލިޝަނުގައި ތިއްބެވި 12 މެމްބަރެއްގެ ގޮނޑި ގެއްލޭގެތަށް ފާސްކުރެވުނު އެންޓި ޑިފެކްޝަން ޤާނޫނުގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ 36 މެމްބަރުންގެ ވޯޓުންނެވެ.
ރައީސް ޔާމީން ރުއްސެވުމަށް މަސީހް އެކުޅުއްވަނީ ތަމްސީލް: ގާސިމް އިބްރާހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ