"ޔުމްނާ އަބަދު ފުލުހަށް ހާޒިރުކުރަނީ ރައީސް މައުމޫން ސަރުކާރާއި ގުޅުވުމަށް"

ރައީސް މައުމޫނުގެ ދަރިކަބަލުން ޔުމްނާ މައުމޫން އަބަދު ފުލުސް އޮފީހަށް ހާޒިރު ކުރަނީ، ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކޮއްފައި ހުންނެއްވި ކުރީގެ ރައީސް އަދި ޔުމްނާގެ ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް، އަލުން އަނބުރާ ރައީސް ޔާމީން އަށް ތާއިދު ކުރެެއްވުމަށް މަގުފަހި ކުރުމަށް ކަމަށް، ރައްޔިތުންގެ މަޖިލީގެ ކެންދޫ ދާއިރާގެ މެންބަރު، އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް ރައީސް މައުމޫން އަލުން އަނބުރާ ސަރުކާރާއި ނުގުޅޭނެ ކަމަށާއި، ރައީސް މައުމޫން ނުހައްގުން އެ އުމުރުފުޅުގައި ހައްޔަރުކޮށް ބަންދުކޮއްގެން އުޅޭތާ 100 އަަށް ވުރެން ގިނަ ދުވަސް ވެފައިވާއިރު، ރައީސް މައުމޫން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
"ކިތަންމެ ބިރެއް ދެއްކިޔަސް ރައީސް މައުމޫން އަލުން އަބުރާ ރައީސް ޔާމީން އަށް ދެން ތާއީދެއް ނުކުރައްވާނެ ރައީސް މައުމޫން ހުންނެއްވީ ނުގުޑާފަދަ އަޒުމެއްގައި،" އަލީ ހުސެއިން ވިދާޅުވިއެވެ.
"ރައީސް މައުމޫން ކޯޓްތަކަށް އަދި ތަހުގީގަށް އެއްބާރުލުން ނުދެނީއޭ ކިޔާފަ, ހައްދަވަނީ ކަނޑައެޅިގެން ދޮގެެއް އެފަދަ ދޮގު ބަދުނާމެއް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އެޅުވުމަށް ފަހު ރައީސް މައުމޫނުގެ އިނާޔަތްތަށް ކަޑާލީ, ސަރުކާރުން ރައީސް މައުމޫނަށް ބިރު ދެއްކުމުގެ ގޮތުން،" އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ރައީސް މައުމޫން ވަނީ 28 މޭއާއި ހަމަޔަށް އައީލާގެ ބޭފުޅުނާއި އަދި ފޯނު ކޯލު ކުރުމުގެ އިނާޔާތުންވެސް މަހުރޫމް ކޮއްފައި ކަމަށެވެ.
"ރައީސް މައުމޫނުގެ އާލާސްކަންފުޅު ހުރި ގޮތުން މިދިޔަ ހުކުރު ދުވަހު ވެސް, ރައީސް މައުމޫނު ވަނީ ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންގޮސްފައި, ޑޮކްޓަރުން ލަފާ ދީފައިވަނީ ރައީސް މައުމޫނާއި އެކީގައި އާއިލާގެ ކޮންމެވެސް މީހެއް އަބަދުވެސް ހުންނަން ޖެހޭ ކަމަށް،" އަލީ ހުސެއިން ވިދާޅުވިއެވެ.
ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކޮއްފައި ހުންނެއްވި ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރީސް މައުމޫން ބޮލުގައި ރާއްޖޭއަށް ކެނަބިސް އެތެރެ ކުރުމުގެ ދައުވާ އެޅުވީ ކުރައްވާނެ ދައުވާ ހުސްވެގެން ގޮން ހުސްވެގެން ކަމަށެވެ. އަދި އެއީ މުޅިން ދޮގު ތުހުމަތެއް ކަމަށް އަލީ ހުސެއިން ފާހަގަ ކުރެެއްވިއެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މިދިޔަ ހަފްތާގައި އެމަނިކުފާނު އެއްވެސް ޝަރީޢަތަކަށް ހާޒިރެއް ނުކުރެއެވެ. ޑޮކްޓަރުން ވަނީ، ރައީސް މައުމޫނަށް "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ނަމަކަށްކިޔާ ހާލަތެއް ކުރިމަތިވެފައިވާކަމަށް ވިދާޅުވެފައެވެ. މި ހާލަތުގެ ސަބަބުން އެމަނިކުފާނާއި އެކު އަބަދުވެސް މީހަކު ބަހައްޓަން މީގެ ކުރިން ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ