ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ރާއްޖެޓީވީން ދައްކާ ހިތްވަރު ފާހަގަކޮށް ނ. މިލަދޫގެ ހީވާގި ރައްޔިތުންގެ ފަރާތުން ރާއްޖެޓީވީއަށް ވަރަށް ޚާއްސަ، އެހާމެ މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފިއެވެ.
ރާއްޖެޓީވީގެ ޓީމުން ކުރާ މަސަައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަދިޔާ ކުރި މި ދިވެހި ކެއުމުގައި ކާބަފައި ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި ބޭނުންކުރަމުންއައި ދިވެހި ވަންތަ ރަހަތަކުން ވަނީ މުއްސަނދިކޮށްލާފައެވެ.
މި ކެއުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، މި ކެއުން ތައްޔާރުކުރުމުގައި ހަރަކާތްތެރިވި ބޭކަނބަލަކު ބުނީ ރާއްޖެ ޓީވީގެ މުވައްޒަފުން ބިރެއް ނެތި އުފުލަމުންދާ ގައުމީ ވާޖިބު، އުފަލުން ބަލައިގަންނަ ކަމަށެވެ. އަދި މި ކެއުން ހަދިޔާކުރީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.
ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ރާއްޖެ ޓީވީގެ ކާމިޔާބަކީ ރައްޔިތުންގެ ހެޔޮ ދުއާ އާއި ދެމުންދާ ލޯބި ކަމަށެވެ. ރައްޔިތުން ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ދެމުންދާ ހިތްވަރު ފާހަގަ ކުރައްވައި ފިޔާޒު ވިދާޅުވީ ރައްޔިތުން އެދޭ ފަދަ ރަނގަޅު ކޮންޓެންޓެއް ގެނައުމަށް މަސައްކަތް ކުރާނެ ކަަމަށެވެ.
ރާއްޖެޓީވީގެ ކުޑަ ޓީމުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ރާއްޖޭގެ އެކި ރަށްރަށުން ތަފާތު ފަރިވަޅުތަކާއި ކެއުންތައް ހަދިޔާ ކުރަމުންދާ ދިއުން ރާއްޖެޓީވީގެ ޓީމުން އުފަލާ އެކު ބަލައިގަންނަނީ ހިތުގެ އިޚްލާސްތެރި ލޯތްބާއި އެކުގައި ކަމަށް ރާއްޖެޓީވީގެ ޓީމުން ބުންޏެވެ. އަދި މިލަދޫ ރައްޔިތުން މި ހަދިޔާކުރި ދިވެހި ކެއުމަށް ރާއްޖެޓީވީގެ ޓީމުން ނުހަނު ޝުކުރު ދަންނަވަމެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ