ސްޓެލްކޯއިން 300 ކިލޯވޯޓުގެ ޖެނެރޭޓަރެއް ގެންގޮސް އުކުޅަހު ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްފި

ސްޓެލްކޯއިން އުކުޅަހަށް އައު ޖެނެރޭޓަރެއް ގެންގޮސް އުކުޅަހުގެ ކަރަންޓުގެ ހިދުމަތް ކުރިން ހުރި ފެންވަރަށް ވުރެ ރަނގަޅު ކޮށްފިއެވެ.އއ. އުކުޅަހުގައި މި މަހުގެ 7 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށުގެ ކަރަންޓުގެ ހިދުމަތަށް ގެއްލުންވެ މުޅި ރަށުން ކަރަންޓު ކެނޑުނެވެ. އެހެން ނަމަވެސް ހަމަ އެދުވަހު ސްޓެލްކޯއިން ކުރި މަސައްކަތުން އެރަށަށް ވަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައެވެ.ސްޓެލްކޯއިން ބުނީ ކުރިން އެރަށުގައި ހުރީ 200 ކިލޯވޯޓުގެ ޖެނެރޭޓަރެއްކަމަށާއި، މިހާރު އެރަށަށް ގެންގޮސްފައިވަނީ 300 ކިލޯވޯޓުގެ ޖެނެރޭޓަރެއްކަމަށެވެ. އެހެން ކަމުން އައު ޖެނެރޭޓަރު އިންސްޓޯލް ކުރުމާއެކު އެރަށުގެ ކަރަންޓު ފޯރުކޮށްދިނުމުގެ ކެޕޭސިޓީ އިތުރު ވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.މި އައު ޖެނެރޭޓަރާއެކު އުކުޅަހުގެ ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތް މިވަނީ ކުރިއަށް ވުރެ ކުރިއަރާފައެވެ. މި ޖެނެރޭޓަރަކީ މުސްތަގުބަލުގައި އުކުޅަހުގެ ކަރަންޓުުގެ ޑިމާންޑު އިތުރު ވާނެ ވަރު އަންދާޒާ ކޮށް، އެ ޑިމާންޑާއި އެކަށީގެންވާ ވަރަށް ކަރަންޓު ފޯރުކޮށްދެވޭ ވަރުގެ ޖެނެރޭޓަރެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ