ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މާފުށީ ޖަލަށް ގެނައި އެލަރޓް އުވާލައިފި

މިދިޔަ މަހުގެ 1 ވަނަ ދުވަހު  ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން މާފުށީ ޖަލަށް ގެނައި އެލާޓް އުވާލައިފިއެވެ.
އެލާޓް އުވާލާފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެ ތަނުގެ އޮފިސަރުންނަށް ވެސް މިހާރު ވަނީ އަންގައިފައެވެ.
ޖަލުގައި ހަމަނުޖެހުމެއް ހިނގައިދިޔަ ނުދިނުމަށް ތައްޔާރުވެ ތިބުމަށްޓަކައި މާފުށީ ޖަލު އެލާޓަށް ގެނައީ ފެބްރުއަރީ 2 ގައެވެ.  މީގެ އިތުރުން  އެ އެލާޓަށް ފަހު އާއިލީ ބައްދަލުވުންތައް ދިނުން ފަދަ ކަންކަން އޮތީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި މާފުށީ ޖަލުގައި ހޯމަ ދުވަހު ކެރެކްޝަނަލް ސާވިސްއިން ބަހައްޓާފައިވާ އިއުލާނެއްގައިވާ ގޮތުން މިއަދުން ފެށިގެން އެލާޓް އާންމު ހާލަތަށް ވަނީ ބަދަލުކޮށްފައެވެ. އަދި އެކަން އޮފިސަރުންނަށް އަންގާ ކަމަށެވެ. އެލާޓްގެ މުއްދަތުގައި އޮފިސަރުންގެ ކިޔަމަންތެރިކަމާއި އެއްބާރުލުން އުފާލާއެކު ފާހަގަކުރާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ފޯނު ނުނަންގަވާތީ ލިބިފައެއް ނުވެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ