ވަކިވަރަކަށް ވުރެ ކަމަކަށް ދެވިހިފައިފި ނަމަ ނުވަތަ ކަމެއް ބޭނުންވެއްޖެ ނަމަ ދެން ދުވާލަކީ ރޭގަނޑޭ ވެސް ބުނާ ސިޔާސީ މީހުން އުޅޭނެއެވެ. އެފަދަ މީހުން ގުނބޯ ހައްދަން ސިޔާސީ ފަރާތްތަކުން އަބަދުވެސް ޓްވީޓްކޮށް އެކި ވާހަކަތައް ވިދާޅުވާނެއެވެ.
މިއަދު އެފަދަ ވާހަކައެއް ވިދާޅުވެގެން މިއުޅުއްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމެވެ. އެމަނިކުފާނު މިވަނީ ހަރާންކޯރުވުމާއި ބެހޭގޮތުން ވަރުގަދަ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ހަރާންކޯރުވުން އާންމުވެފައިވާ ވާހަކަ މައުމޫނު ވަނީ ވިދާޅުވެފައެވެ.
އެއީ ވަރަށް ބޮޑު ތެދުފުޅެކެވެ. ހަރާންކޯރުވުން އާންމުވެފައިވާ މިންވަރަށް ބަލާއިރު އެކަމުގައި ޚުދު އެމަނިކުފާނު ވެސް އެބައުޅުއްވައެވެ. އެހެން މީހުންނަށް ވުރެ އާ އުސްމިންތަކެއްގައެވެ. ތިމާއަށް ކުރިއެރުމާއި މަތީ މަގާމު ހޯދައި ދިން މީހުނަށް ހަރާންކޯރުވުން އާންމުވިކަމަށް މައުމޫނު ވިދާޅުވި އިރު އެމަނިކުފާނު ހަރާންކޯރުވެ ވަޑައިގަތީ ދިވެހި ޤައުމަށެވެ.
މައުމޫން އެހެން ބޭފުޅުންނަށް އަމާޒުކޮށް ގުދޯގުދޯ ގޮވާއިރު ދިވެހިރާއްޖޭގައި ލާދީނީ ފިކުރު ފަތުރަން މަސައްކަތް ކުރާ ކެނެރީގޭ މުހައްމަދު ނަޝީދާއި ބައިއަތު ހިފުމަށް ވުރެ ވަކިން ބޮޑަށް މި ދިވެހި ޤައުމަށް ހަރާންކޯރު ވެވަޑައިގެންނެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟
ލާދީނީ ނަޝީދު އާއި މައުމޫނު ބައިއަތު ހިފުމަކީ ޤައުމަށް ހަރާންކޯރުވުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ