ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އެމަނިކުފާގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
އެ ތިން ބޭފުޅުންގެވެސް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެފައި ވަނީ އެ ތިން ބޭފުޅުންވެސް ވަގުތުން ދޫކޮށްލުމުގެ އަމުރަކަށް ހައިކޯޓާއި ކްރިމިނަލް ކޯޓުގައިވެސް އެދިފައިވާ ކަމަށެވެ. އޭގެ އިތުރުންވެސް ކަރެކްޝަންއަށް ގުޅާ، ޑޮކްޓަރުން ލަފާ ދީފައިވާ ގޮތަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދިފައިވާ ކަމަށްވެސް މައުމޫން ހަމީދުގެ ޓްވީޓްގައިވެއެވެ.
ކުރީގެ ރައީސް މައުމޫން އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯން ދީފައި ނުވާތީ، ދައުލަތުން އުފުލި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެގެންނެވެ.
ނަދީމްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ. ފާރިސްގެ މައްޗަށް ކޮށްފައި ވާ ހުކުމަކޫ ޕީޕީއެމްގެ ޝަހުޝު އޮޅިވާލި ކަމުގެ މައްސަލައިގައި ކޮށްފައިވާ ހުކުމެވެ. ފާރިޝްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެކެވެ.
މައުމޫން، ފާރިސް އަދި ނަދީމް ދޫކޮށްލުމުގެ އަމުރަކަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ