ތުއްތު ކުއްޖެއް ކިޑްނެޕް ކުރި މައްސަލައެއްގައި ނިއުކާސަލްގެ 15 އަހަރު ނުވާ ދެ އަންހެން ކުދިން؟!

ނިއުކާސަލްގައި ތުއްތު ކުއްޖެއް ކިޑްނެޕް ކުރި މައްސަލައަކާ ގުޅިގެން 13 އަހަރާއި 14 އަހަރުގެ ދެ އަންހެން ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "މިރޯ" އިން ބުނީ ނިއުކާސަލްގެ ޕްރައިމާކް އިން ތިން އަހަރުގެ ތުއްތު ކުއްޖެއް ގެއްލިގެން ރިޕޯޓް ކުރުމުން، ވަގުތުން ފުލުހުން އެ ތުއްތު ކުއްޖާ ހޯދަން ފެށިކަމަށެވެ. އެ ކުއްޖާ ހޯދުމުގެ ތެރޭގައި ފެނުނު ސީސީޓީވީ ފުޓޭޖް އިން އެނގޭގޮތުގައި އެ ތުއްތު ކުއްޖާ ގޮވައިގެން ދެ އަންހެން ކުދިން އެ ޕްރައިމާކް މޯލް އިން ނުކުތްތަން ފެނުނެވެ.
އެ ތުއްތު ކުއްޖާ ފެނުނީ ގެއްލުނު ތަނުގެ ތިން މޭލު ދުރުން ގޮސްފޯތުންނެވެ.
ޗީފް އިންސްޕެކްޓާ ޑޭވް ގޫލްޑް ވިދާޅުވީ މިހާރު އެ ތުއްތު ކުއްޖާ ހޯދުމަށްފަހު މަންމަ އާ ހަވާލުކޮށްފައިވާ ކަމަށެވެ.
"މިހާރު މިދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން. އެ ދެކުދިން ތުއްތު ކުއްޖާ ގެއްދިޔަ ސަބަބެއް އަޅުގަނޑުމެން މިބަލަނީ،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ