ޓޫރިޒަމް އިސްތިހާރުކުރަން ދާއިރާގެ ހިޔާލު ހޯދައިފި
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމާ ބެހޭގޮތުން އެ ދާއިރާގައި ހަރަކާތްރެރިވާ ފަރާތްތަކާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން މަޝްވަރާކޮށް ޚިޔާލު ހޯދައިފިއެވެ. "ޓޫރިޒަމް މާކެޓާޒް އީވްނިން"ގެ ނަމުގައި މިދިޔަ އަންގާރަ ދުވަހު ބަނޑޮސް މޯލްޑިވްސްގައި ބޭއްވި އެ ބައްދަލުވުމުގައި ގެސްޓްހައުސްތަކާއި ޓްރެވަލް އޭޖެންސީތަކުގެ އިތުރުން ލިވަބޯޑްތައް މާކެޓުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވިއެވެ. އެ ބައްދަލުވުން އިފްތިތާހްކޮށްދެއްވައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީ ދާއިރާގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ މާކެޓު ފުޅާކުރުން ވަރަށް މުހިންމު ކަމަށެވެ. އެމްއެމްޕީއާރުސީން ބޭއްވި ޓޫރިޒަމް މާކެޓާސް އީވްނިންގްގެ ތެރެއިން -- ފޮޓޯ/ އެމްއެމްޕީއާރުސީ އަދި ވަކިވަކި ކުދި މާކެޓްތައް ކަމަށްވާ ސަގާފީ، ސްޕޯޓްސް އަދި ބައްދަލުވުންތައް ބޭއްވުންފަދަ މައިސް ޓޫރިޒަމް އިފްތިތާހްކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި މިއަހަރު ޓޫރިޒަމް މާކެޓުކުރުމަށް ކުރި މަސައްކަތްތަކާއި މާކެޓު އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ އިތުރުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަސައްކަތްތަކޭ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެމްއެމްޕީއާރުސީން މިހާރުވެސް ދަނީ 23 މަކެޓްއަކަށް އަމާޒުކޮށް ރޯޑްޝޯތަކާއި، ފެއާތަކާއި، ޖޮއިންޓް ކެމްޕޭންތަކުގެ އިތުރުން ޑިޖިޓަލް ކެމްޕެއިންތައް ކުރިއަށް ގެންދަމުންނެވެ. މިއަހަރުގެ މިހާތަނަށް 1.1 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރީ 1.4 މިލިއަން ފަތުރުވެރިންނެވެ. އަދި މިއަހަރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ